ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ އަހަރަކުވެސް ޒުވާނުންގެ ދުވަހު ދެމުން އަންނަ ޒުވާނުންގެ އެވޯޑަށް މިއަހަރު އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތި ނުލާތީ އެ އެވޯޑް ދިނުން ފަސްކޮށްފައިވާކަމަށެވެ.
މި އަހަރު މޭ މަހުން ފެށިގެން އޮގަސްޓް މަހަށް އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ އެވޯޑަށް އެކަށީގެންވާ މިންވަރަށް މީހުންކުރިމަތިލައިފައި ނުވެއެވެ.
ޒުވާނުންގެ ދުވަހު ދޭ އެވޯޑަކީ މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަމުން އަންނަ ޒުވާނުންނަށް ދޭ އެވޯޑެކެވެ.