ads
ސީވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: ސީއެސްސީ
ކައުންސިލުތަކުގެ މުވައްޒަފުންނަށް ދޭންބުނި އެލަވަންސް ދޭން ‎ފަށާނީ އާދިއްތަ އިން ފެށިގެން
‎ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް މި ސަރުކާރުން ދޭން ނިންމާފައިވާ 35 އިންސައްތައިގެ އެލަވަންސް ދޭން ފަށާނީ އަންނަ އާދިއްތައިން ފެށިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގަ އެވެ. މި އެލަވަންސް ދޭން ފަށަން ކުރިން ނިންމާފައި އޮތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނެވެ. 

އެ ލެވަންސް ދޭނެ ގޮތާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ވާގޮތުން، އެ އެލަވަންސް ދެވޭ މުވައްޒަފުންގެ އިތުރުގަޑި ހިސާބުކުރާނީ ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރުގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރު އިތުރަށް މަސައްކަތް ކޮށްފައިވާނަމަ އެވެ. ނަމަވެސް، މި ކަމުން އެސްއެސް އަދި ޖީއެސް ރޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.

ސްޕެޝިއަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި 35 އިންސައްތަ އެލަވަންސް ދޭން ނިންމާފައިވާކަން އިއުލާންކުރީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

އެގޮތަށް ނިންމެވި ސަބަބެއް ކަމަށް އޭރު ރައީސް ވިދާޅުވީ، މިދިޔަ މެއި މަހުން ފެށިގެން ސަރުކާރުގެ ވުޒާރާތަކުގައި އެ އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް އެކަން ހަމަޖެހިގެން ދިޔައިރު، އޭގެތެރޭގައި ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ، ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް