ads
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
"ދައުރު ނިމުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނުނިމޭނެ"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމާނުލެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ތޭރަ ސެގްމަންޓަކަށް ބަހާލައިގެން މަރާމާތުކޮށް ތާރުއަޅައި ޒަމާނީ ފެންވަރަކަށް ހަދަމުން އަންނަ އަމީނީ މަގުގެ ބޮޑުބައެއް ވަނީ މިހާރުވެސް ނިމިފައެވެ. އަމީނީ މަގުގައި މިހާރު ބާކީ އޮތީ އިއްޒުއްދީނު މަގާއި ހަމައިން ފެށިގެން ބޮޑުތަކުރު ފާނު މަގާދެމެދު އޮތް ސަރަހައްދެވެ. 

"މިދައުރުގަ އަމީނީ މަގުގެ މަސައްކަތް ނުނިމޭނެެ. ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓަރާ ޕްރޮޖެކްޓަށް އަމީނީމަގުގައި ވަރަށް ފަލަ ހޮޅިތަކެއް ވަޅުލަންޖެހޭ. ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ހޮޅިތަކެއް. އެ މަސައްކަތް ކުރަން ދެތިން މަސް ނަގާނެ،" މީޑިއާއާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. 

your imageއަކްރަމް

އަމީނީ މަގުގެ ބާކީބައިގައި ތާރު އަޅަން ފަށާނީ މި އޮކްޓޫބަރު މަހު ކަމަށް ވެސް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. 

އަމީނީމަގުގައި ދެން ތާރުއަޅަން ޖެހޭނީ އެ މަގުގައި އެންމެ ބާރުބޮޑު ހިސާބުގައި އެވެ. އެއީ ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗްގެ ބޭރު މަގާ ގުޅޭ ހިސާބެވެ. ފެރީ ޓާމިނަލާއި، އައިޖީއެމްއެޗްގެ އިތުރުން ބޭރުމަގާއި ގުޅޭ ހިސާބުކަމަށްވުމާއެކު، އަމީނީމަގުގެ އެސަރަހައްދަކީ އަބަދުވެސް ވަރަށް ކާރޫބާރު ބޮޑު ސަރަހައްދެކެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީމަގުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް ވަރަށް ބޮޑަށް މި ޕްރޮޖެކްޓަށް ވަނީ އަމާޒުވެފައިވެފައެވެ. އަމީމަގު މަރާމަތުކުރުމަށް 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް