ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:30 ގައި ކަމަށެވެ. ލޯންޗުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބޭގޮތުން އެ ލޯންޗަކީ އެ އަތޮޅު ވަށަފަރުން އައި ލޯންޗެކެވެ. އެ ލޯންޗުން 10 މީހުން ދަތުރުކުރި ކަމަށާއި ލޯންޗު ނެރަށް އަރައި ހިލަތަކުގައި ޖެހުމުގެ ސަބަބުން ލޯންޗުގައި ތިބި މީހުން މޫދަށް ވެއްޓުނު ކަމަށްވެއެވެ.
ލޯންޗުން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެ މީހުންނަށް ހއ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެއެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ބަންޑުން ޖަހާލި ލޯންޗު ފުންކުރުމަށްފަހު މިހާރު ވަނީ ފަޅުތެރެއަށް ގެނެސްފައެވެ.