ads
އާސަންދަ އޮފީސް: އާސަންދައިގެ އިސްރާފު ކުޑަކުރުމަށް އަޅާނެ ކަމަށް ބުނަމުން އައި ފިޔަވަޅުތައް ނޭޅި އާސަންދަ ބަޖެޓު ވަނީ ބޮއްސުންލައިގެން ގޮސްފައި - ފޮޓޯ:އާސަންދަ
ހަރަދު ކުޑަނުކުރެވި އާސަންދަ ބަޖެޓު ބޮއްސުންލާފައި
އާސަންދައިގެ އިސްރާފު ކުޑަކުރުމަށް އަޅާނެ ކަމަށް ބުނަމުން އައި ފިޔަވަޅުތައް ނޭޅި އާސަންދަ ބަޖެޓު ބޮއްސުންލައިގެން ގޮސްފިއެވެ.
Advertisement

އާސަންދައިގެ "ލީކު" ނުހުއްޓުވިއްޖެނަމަ ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު އޮތުމާ އެކު، އިތުރުވަމުން އައި އާސަންދައިގެ އިސްރާފު ކުޑަ ކުރާނެ ކަމަށް ވޭތުވެދިޔަ އަހަރުތަކުގައި ދެއްވި ބަޖެޓު ބަޔާންތަކުގައި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވަމުން ގެންދެވިއެވެ. އެހެން ނަމަވެސް ދައުރެއް ނިމި އާ ދައުރެއް ފެށެންދާއިރު، އަޅާނެ ކަމަށް ވިދާޅުވަމުން އައި ފިޔަވަޅުތައް ނޭޅި އާސަންދައިގެ ބަޖެޓު މިހާރު ވަނީ ބޮއްސުންލާފައެވެ.

ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ހުރީ 1.5 ބިލިއަން ރުފިޔާގައި ނަމަވެސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނިޔަލަށް އާސަންދައިގެ ހަރަދުތައް 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. ސަރުކާރުން ލަފާކޮށްފައިވާ ގޮތުން ހަރަދު ކުޑަކުރުމަށް އެޅުމަށް ނިންމި ފިޔަވަޅުތައް އެޅުނުނަމަ މި އަދަދު ހުންނާނީ 1.1 ބިލިއަން ރުފިޔާގައެވެ. 

ބޭސްފަރުވާއަށް ވުރެ ބޮޑަށް އާސަންދައިގެ ބަޖެޓުން އަހަރުން އަހަރަށް އިތުރުވަމުން އަންނަނީ ބޭހަށް ކުރާ ހަރަދުތަކުންނެވެ. އެގޮތުން 2018 ވަނަ އަހަރު 659 މިލިއަން ރުފިޔާގައި ބޭސް ގަތުމުގެ ހަރަދުތައް ހުރި ނަމަވެސް އެ އަދަދު މިހާރު ވަނީ 1.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ފަސް އަހަރުގެ އާސަންދައިގެ ޖުމްލަ ހޭދަ:

  •  2018 ވަނަ އަހަރު - 1.5 ބިލިއަން
  •  2019 ވަނަ އަހަރު - 1.3 ބިލިއަން
  •  2020 ވަނަ އަހަރު - 1.2 ބިލިއަން
  •  2021 ވަނަ އަހަރު - 1.5 ބިލިއަން
  •  2022 ވަނަ އަހަރު - 1.6 ބިލިއަން
  •  2023 ވަނަ އަހަރު - 1.2 ބިލިއަން

އާސަންދައިން ކުރާ ހޭދައިގެ ތެރެއިން ބޭހަކީ ވަރަށް ބޮޑު އިންސައްތައަކަށް ވުމާ އެކު، ސަރުކާރުން ވަނީ ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ސަރުކާރުގެ ކަމާ ބެހޭ ދާއިރާތައް ގުޅިގެން ފިޔަޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހުން 460.7 މިލިއަން ރުފިޔާ ކުޑަކުރުމަށް ބޭސް ބަލްކް ޕްރޮކިއުމެންޓުގެ ގޮތުގައި ގެނައުމަށް ސަރުކާރުން ނިންމިއެވެ.

ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުން ނަތީޖާއެއް ނުނެރެވި، އާސަންދަ ބޮއްސުން ލައިގެން ދިޔައިރު މިހާރު އާސަންދަ ވެފައިވަނީ ރާއްޖޭގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކޮންޓްރޯލް ކުރުމަށް ކުރިމަތި ވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް