ads
އެފްއޭއެމްގެ އެކްސްކޯ
ބައްސާމްގެ އެކްސްކޯއިން ދެ މީހުން އިސްތިއުފާ ދީފި
ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް، ހުސެއިން ޝާފިއު (ކޮއްކީ) އަދި އެކްސްކޯ މެންބަރު ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އިސްތިއުފާދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، ކޮއްކީ، އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ ގޮތުގައި އެގްޒެކްޓިވް ކޮމިޓީ (ހިންގާ ކޮމިޓީ - އެކްސްކޯ) ގައި ފުރުއްވަމުން އައި މަގާމުން އިސްތިއުފާދީފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އަދި މުއާބެ، އެފްއޭއެމްގެ އެކްސްކޯގެ މަގާމުން އިސްތިއުފާދީފައިވާނީ މިދިޔަ ހަފްތާގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ކޮއްކީ އަދި މުއާބެއަކީ 2020 ވަނަ އަހަރުގެ ޖުލައި މަހު އެފްއޭއެމްގެ އެކްސްކޯއަށް އިންތިހާބުވީ ދެ މީހުންނެވެ. އެފްއޭއެމް އިން 2020 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިހާބުގައި ބައްސާމްގެ އެކްސްކޯގައި ހިމެނުނީ، އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރު، ނައިބް ރައީސް މާޒިޔާގެ ކޮއްކީގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނު އަހުމަދު ޝަކީބް (ޑޮކް) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިސް ހިންގުންތެރިޔާ، އަހުމަދު ނަޝީދު (ޑޭވް) އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު އަދި އެފްއޭއެމްގެ ސީނިއާ މުވައްޒަފުންގެ ގޮތުގައި ތިބި އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.

އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު އަންނަ ޖުލައި މަހަށް ހަމަވާނެއެވެ. އަންނަ އަހަރު އެފްއޭއެމްގެ އާ އިންތިހާބު އޮންނައިރު، ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ވާދަކުރާނެ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް