ads
އައިޖީއެމްއެޗުން ބާއްވާ އޮއެވަރު ކޮންފަރެންސް ތެރެއިން - ފޮޓޯ: އައިޖީއެމްއެޗް
ނަފްސާނީ ސިއްހަތާ ގުޅޭ ކޮންފަރެންސް ފަށައިފި
އުފެއްދުންތެރި ދިރާސާތައް ހުށަހަޅައިގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ނަފްސާނީ ސިއްހަތުގެ ކޮންފަރެންސް ފަށައިފި އެވެ.

މި ކޮންފަރެންސްއަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި "އޮއެވަރު"ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ޗޭންޖިން ކަރަންޓްސް – ފޯމިން ކަނެކްޝަން" އެވެ.

އޮއެވަރު ކޮންފަރެންސްގެ ޕްރީކޮންފަރެންސް ވޯކްޝޮޕްތައް މިއަދު ވަނީ މާލޭގައި ކުރިއަށް ގެންގޮސްފަ އެވެ. ކޮންފަރެންސްގެ ބާކީ ހުރި ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ޕެރަޑައިސް ރިސޯޓުގަ އެވެ. މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗްތަކާއި ރިސަރޗް ހުށައެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިިޔުމަށް ހަމަޖެހިފައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތެރިންނާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އެކި މުއައްސަސާތައް ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް