
ނަޑާލް
އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ނަޑާލް މަސައްކަތް ކުރަނީ
ސްޕޯޓްސް ޓީމް
15 އޮކްޓޯބަރ 2023 - 09:13:04
އަންނަ އަހަރު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ކުޅެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރަފެއަލް ނަޑާލް އިއުލާންކޮށްފިއެވެ.
އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ކުޅެން މަސައްކަތް ކުރަމުން އަންނައިރު، މިއަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގައި މެކެންޒީ މެކްޑޮނަލްޑް އަތުން 2 ވަނަ ބުރުން ބަލިވި ފަހުން ރަފައެލް ނަޑާލް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅެފައެއް ނުވެއެވެ. އޮސްޓްރޭލިއަން އޯޕަންގައި އެމެރިކާގެ މެކެންޒީ މެކްޑޮނަލްޑް އަތުން ދެވަނަ ބުރުން ބަލިވި ފަހުން ނަޑާލް އަންނަނީ އުނަގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.
މިހާތަނަށް 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ނަޑާލްވަނީ މީގެ ކުރިންވެސް އަނިޔާއާ ގުޅިގެން ދެ ސާޖަރީއެއްވެސް ހަދާފައެވެ. އޭނާ އުއްމީދު ކުރަނީ އަންނަ އަހަރު އޮސްޓްރޭލިއަން އޯޕަން ކުޅުމުގެ އިތުރުން އަންނަ އަހަރު ކެރިއަރު ނިންމާލާށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް