
މީގެ ދުވަސްކޮޅެއް ކުރިން ގިނަ ބަޔަކު ދެއްކި އެއް ވާހަކައަކީ ސޯނަމް ބަނޑު ވާހަކަ އެވެ. އެވާހަކަތައް ގިނަ ބަޔަކު ދައްކާފައިވަނީ ދާދި ފަހުން ސޯނަމް ހިއްސާކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.
އެވީޑިއޯ އިން ފެނިގެންދަނީ ކޮޓަރިއެއްގެ ބެލްކަނި ކައިރި ސޯނަމް އޭނާގެ މައިދައިތަ އާ އެކީ ވާހަކަ ދައްކަން ހުރި މަންޒަރެވެ. ނަމަވެސް އެވީޑިއޯ އިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ސޯނަމްގެ ބަނޑަށެވެ. ސޯނަމް ލާފައި ހުރި ހެދުމުގެ ސަބަބުން ހީވަނީ އޭނާ ބަނޑުބޮޑު ހެންނެވެ.
ނަމަވެސް ސޯނަމްގެ ގާތް ފަރާތެއް މިހާރު ވަނީ އެ ހަބަރު ދޮގުކޮށްފަ އެވެ. އަދި އެފަދަ ހަގީގަތް ނެތް ވާހަކަތައް ނޫސްތަކުގައި ޝާއިއު ނުކުރުމަށް އޭނާ ވަނީ އެދިފަ އެވެ.
މީގެ ކުރިން ވެސް ސޯނަމް ބަނޑުބޮޑު ކަމަށް އަޑުތައް ވަނީ އަރާފަ އެވެ. ނަމަވެސް އެހަބަރުތައް ސޯނަމް އޭރު ވަނީ ދޮގުކޮށްފަ އެވެ.
ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގަ އެވެ.
ސޯނަމް ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ބާގް މިލްކާ" އާއި "ނީރްޖާ" އާއި "ހޫބްސޫރަތު" އަދި "ސަންޖޫ" ހިމެނެ އެވެ.
ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ "ދަ ޒޯޔާ ފެކްޓާ" އިންނެވެ.