ads
އިމްރާން މުހައްމަދު
މިއަދަކީ ދިވެހި ފުޓްބޯޅައަށް ހިތާމަވެރި ދުވަހެއް: އިމްރާން
މިއަދަކީ ދިވެހި ފުޓްބޯޅައަށް ހިތާމަވެރި ދުވަހެއްކަމަށް، ދިވެހި ތާރީޚު ދުށް އެންމެ މޮޅު ގޯލް ކީޕަރު އަދި ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.

މިއަދަކީ ދިވެހި ފުޓްބޯޅައަށް ހިތާމަވެރި ދުވަހެއްކަމަށް، ދިވެހި ތާރީޚު ދުށް އެންމެ މޮޅު ގޯލް ކީޕަރު އަދި ރާއްޖޭގެ އެންމެ އަޚްލާގު ރަނގަޅު އެއް އެތްލީޓު އިމްރާން ބުނީ، ވޯލްޑްކަޕް ކޮލިފައިންގައި ބަންގަލަދޭޝް އަތުން ބަލިވެ، ކޮލިފައިންއިން ދިވެހި ޓީމު އެލިމިނޭޓްވުމުން އެކަމަށް އިޝާރާތްކޮށެވެ. 

ސަތާރަ އަހަރު ވަންދެން ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ހުރި އިމްރާން، ސޯޝަލް މީޑިއާގައި މިއަދު ބުނީ، ކުޅުންތެރިން އެ މީހުންނަށް ކުރެވޭވަރު މިއަދުވެސް ކުރި ކަމަށެވެ. އެކަމަކު އިމްރާން ފާހަގަ ކުރި ގޮތުގައި މިއަދަކީ ދިވެހި ފުޓްބޯޅައިގެ ހިތާމަވެރި ދުވަހެކެވެ. 

ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމަނަރީ ދެވަނަ ބުރުން ފުރުސަތު ނުލިބި ދިވެހި ޓީމު އެލިމިނޭޓްވީ، ތިން ލަނޑު ދެ ލަނޑުގެ އެގްރިގޭޓަކުން ބަންގްލަދޭޝް އަތުން ބަލިވުމުންނެވެ. ބަންގްލަދޭޝް އަތުން މިއަދު ދެ ލަނޑު އެއް ލަނޑުން ބަލިވިއިރު މާލޭގައި މިދިޔަ ހަފްތާގައި ބަންގަލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުވީ އެއްވަރެވެ. 

ބަންގްލަދޭޝް އަތުން މިއަދު އެ ގައުމުގައި ބަލިވިއިރު، މިއީ 2003 ވަނަ އަހަރުގެ ފަހުން ބަންގްލަދޭޝްގައި އެ ގައުމު އަތުން ރާއްޖެ ބަލިވީ ފުރަތަމަ ފަހަރެވެ. 

69%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް