ads
ދިވެހި ޓީމުގެ ބައެއް ކުޅުންތެރިން
ބަންގްލަދޭޝް އަތުން ބަލިވުމަކީ ބޮޑު ވެއްޓުމެއް
ވޯލްޑްކަޕް ކޮލިފައިންގައި ބަންގްލަދޭޝް އަތްދަށުވެ އެލިމިނޭޓްވުމަކީ ރާއްޖޭގެ ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ދިވެހި ޓީމުގެ ހެޑްކޯޗު، އަލީ ސުޒެއިން ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވެ، ރާއްޖެ އެލިމިނޭޓްވީ ތިން ލަނޑު ދެ ލަނޑުގެ އެގްރިގޭޓަކުން ބަލިވެގެންނެވެ. އެއީ މާލޭގައި އެކެއް އެކަކުން އެއްވަރުވެ، ޑާކާގައި ދޭއް އެކަކުން ބަލިވެގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން  ބުނީ ބަންގްލަދޭޝްއިން އޮގަނައިޒް ކުޅުމެއް ކުޅުނު ކަމަށެވެ.

"ބަންގްލަދޭޝް ފްލޭނެއް އޮވެގެން އިން އޮގަނައިޒް ގޭމެއް ކުޅުނއެ ޕްލޭނާ އެއްގޮތަށް އެ ޓީމު ކުޅުނު. ލީޑް ލިބުމުން އެ ޓީމުން މެޗު ލަސް ކުރުމުގެ އުކުޅު ބޭނުން ކުރި. ލީޑްގައި އޮންނައިރު އެހެން ޓީމުތަކުން ވެސް ލަސްކުރުމުގެ އުކުޅުތައް ބޭނުންކުރާނެކަން ގަބޫލުކުރަން،" ސުޒޭން ބުންޏެވެ.

މިއީ ފަހުގެ ތާރީޚެއްގައި ބަންގްލަދޭޝް އަތުން ރާއްޖެއަށް ކުރިމަތިވީ ތިންވަނަ ނާކާމިޔާބީއަށެވެ. މާލޭގައި މިދިޔަ ހަފްތާގައި ބަންގްލަދޭޝް އަތުން މޮޅު ނުވެވުނު އިރު ޖޫން ޖުލައިގައި އިންޑީޔާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ.

މި ނަތީޖާއާއެކު ޕްރިލިމިނަރީ ދެވަނަ ބުރަށް ބަންގްލަދޭޝް ކޮލިފައިވެފައިވާއިރު، ބަންގްލަދޭޝް ހިމެނޭނީ ގްރޫޕް އައިގައެވެ. އެ ގްރޫޕްގައި ބަންގްލަދޭޝްއާ އެކު ދެން ހިމެނޭނީ އޮސްޓްރޭލިއާ، ލެބަނަން އަދި ފަލަސްތީނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް