ads
އިމްރާން އަދާލަތު މަޝްވަރާ މަޖިލިސް ޖަލްސާއެއްގައި
ހޮސްޕިޓަލަށް ދިން ހަމަލާ އަދާލަތުން ވެސް ކުށްވެރިކޮށްފި
އިޒްރޭލުން ރޭ ފަލަސްތީނުގެ ގައްޒާގެ ހޮސްޕިޓަލަކަށް ހަމަލާ ދީ 800 އަށްވުރެ ގިނަ މީހުން މަރާލުމުން އެކަން އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.
Advertisement

އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ގައްޒާއަށް ގަދަކަމުން ވެރިވެ ހިންގަނީ ލާއިންސާނީ އަމަލުތަކެއްކަމަށެވެ. 

"މުސްލިމުންގެ ފުރަތަމަ ގިބުލަކަމުގައިވާ ‏އަލްމަސްޖިދުލް އަގްސާ ހިމެނޭ ފަލަސްތީނާ ދެކޮޅަށް، އެ ބިމަށް ގަދަކަމުން ވެރިވެގެން އުޅޭ އައިރުގާނޫނީ ސިހްޔޫނީ ދައުލަތުން ހިންގާ ރަހުމެއް ނެތް ލާއިންސާނީ އިސްތިއުމާރީ އުދުވާން އަދާލަތު ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން،" އަދަލަތުން މިއަދު ބުންޏެވެ.

ވަކިން ހާއްސަކޮށް މެދުނުކެނޑި 11 ދުވަސް ވަންދެން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ ގައްޒާ ސުންނާފަތިކޮށް، ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަހަމްކޮށްފައިވާ ކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"އެތަނަކީ އިންސާނީ ދިރުމަށް އެކަށީގެންނުވާ ތަނަކަށް ހަދާ، ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާއާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮދިނުމަށް ހުރަސްއެޅުމަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ގައްޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ބޮންއަޅާ 500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމަކީ އެއްވެސް މިންވަރަކަށް ދެބަސްވެ ދެކޮޅު ހެދެން ނެތް،"

އެހެންކަމުން އިސްރާއީލުގެ މި ރަހުމެއްނެތް ޖަރީމާތައް ހުއްޓުވާ، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާ ބައިނަލްއަގުވާމީ މުއައްސަސާތަކުން އެ މައްސަލަތައް ބަލާ ފިޔަވަޅުއެޅުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލުގެ އުދުވާނަށް ވާގިވެރިވެ ކުށެއްނެތް ކުޑަކުދިންމެރުމަށް އެހީތެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ހުޅަނގުގެ ޤައުމުތަކުން ވަގުތުން އެކަން ހުއްޓާލުމަށް ވެސް އަދާލަތު ޕާޓީން ގޮވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް