
ބީއެމްއެލުން މާސްޓަކާޑް ގެންގުޅޭ ކަސްޓަމަރުންނަށް އިނާމު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން މާސްޓަކާޑް ގެންގުޅޭ ކަސްޓަމަރުންނަށް އިނާމު ލިބޭ ޕްރޮމޯޝަނެއް
މުހައްމަދު އަތީފް
18 އޮކްޓޯބަރ 2023 - 14:37:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލުން ބުނީ މާސްޓަކާޑު ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގެ މުއްދަތުގައި 2،500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން 500 ރުފިޔާ އާ ހަމައަށް ވައުޗަ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ބީއެމްއެލުން މާސްޓަކާޑް ގެންގުޅޭ ކަސްޓަމަރުންނަށް އިނާމު ލިބޭ ޕްރޮމޯޝަނެއް - ފޮޓޯ:ބީއެމްއެލް
އަދި މާސްޓަކާޑު ބޭނުންކޮށްގެން 3،000 ރުފިޔާ އާ ހަމައަށް ހަދާ ޓްރާންސެކްޝަންތަކަށް 600 ރުފިޔާގެ ވައުޗަރެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/shop-and-win-with-your-mastercard
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް