
ހޯމް މިނިސްްރީން ބުނީ ރައީސްގެ އިރުޝާދުގެ މަތިން ފުލުހުންގެ 75 މަރުކަޒެއް އަޅަން ސަރުކާރު ހިއްސާވާ ތިން ކުންފުނިކަމަށްްވާ އެމ.ްޓ.ީސ.ީސ، އާއި ފެނަކަ އަދި އާރ.ްޑ.ީސީ އާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ފުލުހުންގެ މަރުކަޒު އެންމެ ގިނައިން އަޅަން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެކުންފުންޏާ ވަނީ 40 މަރުކަޒު އަޅަން ހަވާލުކޮށްފައެވެ.
ފުލުހުންގެ މަރުކަޒުތައް އަޅަން ހަވާލުކުރި އަދަދުތައް
- އާރ.ްޑ.ީސީން 20 މަރުކަޒެއްް
- އެމ.ްޓ.ީސ.ީސީން 15 މަރުކަޒެއް
- ފެނަކައިން 40 މަރުކަޒެއްް
ފުލުހުންގެ މަރުކަޒުތައް އަޅަން އެއްބަސްވުމުގައި އެމްޓީސީސީން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހޯމް މިނިސްޓްރީން ބުނީ ފުލުހުންގެ 91 އަހަރުވީ ދިގު ތާރީހުގައި މިހާތަނަށް މާލެ ވެސް ހިމެނޭހެން މުޅި ރާއްޖޭގައި ހުރީ ޖުމްލަ 17 އަމިއްލަ ސްޓޭޝަންކަމަށެވެ. މިދައުރު ފެށުނުއިރު ފުލުހުންގެ ހިދުމަތް ގާއިމްނުވެ 70 ރަށެއް އޮތްކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް މި ހަވާލުކުރެވުނު މަސައްކަތްތަކާއި އެކު އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލު ކުރެވޭ ރަށްތައް ފިޔަވައ،ި ފުލުހުންގެ ހިދުމަތް ޤާއިމްނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކ،ު ފުލުހުންގެ ހިދުމަތް ގާއިމްކުރެވިގެންދާނެކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ދިވެހި ފުލުހުންގެ ހިދުމަތް ފުޅާ ކުރެވިގެންދާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
ފުލުހުންގެ މަރުކަޒުތައް އަޅަން އެއްބަސްވުމުގައި އާރުޑީސީން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުލުހުންގެ ގިނަ އަދަދެއްގެ މަރުކަޒު އަޅަން ފެނަކައާއި ހަވާލުކުރި އިރި އެ ކުންފުނި އޮތީ 4 ބިލިއަނުން ދަރާފައިކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ކުންފުނީގެ އެހާ ބޮޑު ދަރަންޏެއް އޮތީ އެ ކުންފުނީގެ މެންޑޭޓްގައި ނުހިމެނޭ މަޝްރޫއުތައް އެ ކުންފުންޏާއި މިދިޔަ ސަރުކާރުން ހަވާލުކޮށްފައި އޮތުމުންކަމަށް ބުނެ އެކުންފުންނިން ހިންގަމުން ދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަތުލާ އެެހެން ކުންފުނިތަކާއި ވަނީ ހަވާލުކޮށްފަ އެވެ.