ads
ޖިންސީ ގޯނާ އާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން
ކައިވެނިން ބޭރުން ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި
ކައިވެނިން ބޭރުން ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލައެއްގައި ތަހުމަތުކުރެވޭ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. 

މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެމީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން މަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. 

މިކަމަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ މައްސަލަ އާ ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއްް ނުކުރެ އެވެ. 

މިމަހުގެ 6ވަނަ ދުވަހު، ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ދެކުނުގެ ރަށެއްގައި ފެންމަތިވި އެވެ. ނަމަވެސް، ހޮނިހިރު ދުވަހު ހައްޔަރުކުރި މީހާ އަކީ ސީދާ މި މައްސަލާގައި ހައްޔަރުކުރި މީހެއްކަމެއް ސާފެއް ނުވެ އެވެ.

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް