ads
ރައްޔިތުންގެ މަޖިލިސް
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާވެސް ބާއްވަނީ
ދައުރުން ބޭރުން މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.
Advertisement

މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވާ މަސައްކަތްތައް އަދި މަޖިލީހުން ހާމަކޮށްފައި ނުވެއެވެ.

ބެލެވޭ ގޮތުގައި މާދަމާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްކުރާނެ އެވެ. އެ ބިލު އޮތީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގަ އެވެ.

މިވަގުތު ވެސް ކޮމިޓީ ބައްދަލުވުމެއް ކުރިއަށްދާއިރު ބިލުގެ ސުންގަޑި މިރޭ 23:59 އަށް ހަމަވާނެ އެވެ. ސަރުކާރު މެންބަރުން އޮތީ ބޭނުންވާ އިސްލާހުތަކާއެކު ކޮމިޓީން ބިލު ފާސްކުރަން ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.

ޗުއްޓީގައި އޮތް ނަމަވެސް މިއަދުވެސް މަޖިލީހުގެ ދައުރުން ބޭރުން ވަނީ ދެ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާގައި އެޗްއާރުސީއެމްގެ ނައިބު ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ރައީސް ނަން ފޮނުއްވެވި ބޭފުޅުން މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އަދި ރައްޔިތުންގެ އާންމު ވޯޓުނެގުމާ ގުޅޭ ބިލުވެސް ވަނީ ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް