ads
ކަނޑު
ޔޫސުބެ ހޯދަން ޑައިވް ކުރުން ހުއްޓާލައިފި
އދ. ދަނގެތިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޔޫސުފް އިބްރާހީމް (ޔޫސުބެ) ހޯދަން ޑައިވްކުރުން ހުއްޓާލައިފިކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔޫސުންބެ ގެއްލިގެން ހޯދަން ސިފައިން ވަނީ ވައިގެ މަގުން، އަދި ޑައިވްކޮށްގެންނާ ކަނޑު މަގުން ހޯދަން ފަށާފައެވެ. 

ނަމަވެސް ސިފައިން މައަދު ބުނީ 72 ގަޑިއިރު ވުމުން ޑައިވްކޮށްގެން ޔޫސުބެ ހޯދުން ހުއްޓާލާފަވާކަމަށެވެ. 

"ޑައިންވުކުރުން ހުއްޓާލިއަސް ކަނޑުމަގުން އަދި ވައިގެ މަގުން ހޯދުމުގެ މަސައްކަތްކުރާނެ،" -ސިފައިން-

ސިފައިން ބުނީ 72 ގަޑިއިރު ތެރޭގަ އަޑީގަ އޮންނަ މީހަކުވެސް މައްޗަށް އަރާނެކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ޑައިވްކޮށްގެން 78،850 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، މި ޑައިވްތަކުގައި މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު ދަނގެތިންވެސް ޑައިވަރުންތަކެއް ވަނީ ބައިވެރިވެފައި ކަމަށެވެ.

ޔޫސުބެ ގެއްލުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް