ads
މީހަކު ހައްޔަރުކޮށްފައި
ހައްޔަރުކުރީމަ އެދުނީ ވީހާވެސް ގިނަދުވަހު ބަންދުކޮށްދިނުމަށް
ފޭރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ވީހާވެސް ގިނަ ދުވަހު ބަންދުކޮށްފައި ބަހައްޓައިދިނުމަށް ކޯޓުގައި އެދިއްޖެއެވެ.

ފޯނެއް ފޭރުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ވީހާވެސް ގިނަ ދުވަހު ބަންދުކޮށްފައި ބަހައްޓައިދިނުމަށް އެދުނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނީ އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހެއް ކަމަށާއި، އަދި އެކަމާ ގުޅިގެން އުފިދައިވާ މައްސަލަތަކާ ގުޅިގެން އޭނާގެ އާއިލާއިން އޭނާ ބަލައި ނުގަންނަ ކަމަށެވެ. އޭނާވަނީ ފޯނު ފޭރުނު ކަމަށް ކުރެވޭ ތުހުމަތު ތަކަށް ބަންދު މަޖިލީހުގައި އިއުތިރާފުވެފައެވެ. އަދި އޭނާ ކޯޓުގައި އެދިފައިވަނީ ވީހާވެސް ގިނަ ދުވަހަށް އޭނާ ބަންދުކޮށްދިނުމަށެވެ. 

ކޯޓުން މި މީހާ ބަންދުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. އުމުރުން ދުވަސްވީ މި މީހާއަކީ ބަންދު ރިކޯޑް ގިނަ މީހެއްކަން އޭނާގެ ބަންދު ރިޕޯޓުން އެނގެއެވެ. 

44%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް