ads
ނަބީ އަދި ނަބާ- ފޮޓޯ އެމްއޯސީ
ސިޑްނީ އޯޕަންގެ ސެމީ ފައިނަލަށް ނަބާ
ސިޑްނީ އިންޓަނޭޝަނަލް 2023، ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފިއެވެ.

ނަބާ، ސެމީ ފައިނަލަށް ދިޔައީ، ކުއާޓާ ފައިނަލުގައި، އަންހެން ސިންގަލްސްގެ ދެ ވަނަ އަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ ކާއި ކީއާ ބަލިކޮށްގެނެވެ. 

ދެވަނަ އަށް ސީޑުކޮށްފައިވާ އޮސްޓްރޭލިއާ ކުޅުންތެރިޔާ އަތުން ފޯރިގަދަ މެޗަކަށް ފަހު ތިން ސެޓު ކުޅެގެން ނަބާ މެޗު ކާމިޔާބުކުރީ، ކާއި ފުރަތަމަ ސެޓު، 17-21 އިން ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި 22-20، 21-12 އިންނެވެ.

ސެމީ ފައިނަލުގެ ޖާގަ ހޯދުމާ އެކު، ނަބާ އަށް މި ވަނީ މެޑަލެއް ޔަގީންވެފަ އެވެ. ސެމީ ފައިނަލުގައި ނަބާ ބައްދަލުކުރާނީ އޮސްޓްރޭލިއާގެ ޝައުނާ ލީ އެވެ. އޭނާ އަކީ އަންހެން ސިންގަލްސް ތިން ވަނަ އަށް ސީޑްކޮށްފައިވާ ކުޅުންތެރިއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް