ads
މަކުނުދޫގައި ސިލިންޑަރު ގޮވި ސަރަހައްދުގައި ހުރި އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި - ފޮޓޯ:ފޭސްބުކް
މަަކުނުދޫގަ މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެންނަނީ
މަކުނުދޫގަ ހިނގި ނުރައްކާތެރި ހާދިސާގަ މަރުވި ދެ މީހުނެގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަަށް ފުލުހުން ބުނެފިއެވެ.

ހަށިގަނޑުތައް މާލެ ގެނައުމަށް މިހާރު ކުޅުދުއްފުށްޓަށް ވަނީ ގެންގޮސްފައެވެ. 

މަކުނުދޫގައި އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި ހިނގި މިޙާދިސާގައި މަރުވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްއަށް މަސައްކަތްކުރާ އިންޑިއާގެ ދެ މީހުންނެވެ. 

އިއްޔެ 4:15 ހިނގި މު ނުރައްކާތެރި ހާދިސާ ހިނގި ސަބަބު ސާފުކުރުމަށް ސިފައިންނާ ފުލުހުންގެ ޓީމުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

އެމީހުންގެ ބައިތައް ވަނީ ރަށުގެ 200 ފޫޓު ދުރަށް ބުރައިގެން ގޮސްފައެވެ. 

ބައެއް ގެތަކާ އޮޑި ދޯނިފަހަރަށްވެސް ގެއްލުންވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް