ads
ބައްސާމް
އެފްއޭއެމްގައި ފުލުހުން: އެއްޗެއް ދެންނެވޭނީ މި ހިނގާކަންކަން ނިމުމުމން: ބައްސާމް
އެފްއޭއެމަށް ފުލުހުން ވަދެ އުޅޭ އުޅުމާ ގުޅޭ ގޮތުން އެއްޗެއް ދެންނެވޭނީ އެކަން ނިމުމުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕީޖީގެ އަމުރަކަށް ފުލުހުން މިއަދު ހެނދުނު އެފްއޭއެމް ހައުސްއަށްވަނީ ވަދެފައެވެ. ފުލުހުން އެފްއޭއެމްގައި ހަރަކާތްތެރިވަމުން ދަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމަށް ވަޑައިގެން ފުލުހުންނާ ވާހަކަ ދައްކަމުން ދިޔަ މަންޒަރުވަނީ ފެނިފައެވެ. އެހެންނަމަވެސް އެ އިމާރާތަށް ބައްސާމް ވަދެވަޑައިގެންނެވުމަށް ފުލުހުން ހުރަސް ނާޅާ ކަމަށް ބައްސާމް ވިދާޅުވިއެވެ. 

އެފްއޭއެމަށް ފުލުހުން ވަދެގެން އުޅޭ ކަންތަކާ ގުޅޭ ގޮތުން ވިދާޅުވަނީ ކީކޭތޯ ބައްސާމްއާ ސުވާލު ކުރުމުން، އެކަމާ ގުޅޭ ގޮތުން އެކަންކަން ނިމުނުން އެއްޗެއް ވިދާޅުވާނެކަމަށް ބައްސާމް އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ވިދާޅުވިއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ބައްސާމް ހާމައެއް ނުކުރައްވައެވެ. 

އެފްއޭއެމަށް ފުލުހުންވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތުހުމަތުގައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް، މިއަދު ހެނދުނު ފުލުހުންގެ ޓީމެއް ވަދެ އަންނަނީ ތަހުގީގަށް ބޭނުންވާ ހެކި ހޯދަމުންނެވެ. ފުލުހުން އެ އިދާރާއަށްވަނީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އަމުރަކަށެވެ. 

މި ކަންތަކާ ގުޅިގެން އެފްއޭއެމުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވިނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރި ވެފައި ނޯންނާނެ ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް