ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުކުރީ އަހުމަދު އަނީސް ނަމަކަށް ކިޔާ އެފްއެސްއެމްގެ މުވައްޒަފެކެވެ.
އަނީސް ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އޭނާ އެ މަންޒަރު ވީޑިއޯކޮށް އާންމުކުރީ ނައްތާލި ލިޔުންތަކަކީ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންތަކާގުޅޭ ލިޔުންތަކެއްކަމަށް ތުހުމަތުކުރެވޭތީ އެވެ.
އެ ވީޑިއޯ އާންމުކުރި ފަހުން އޭނާ އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމެންޓަށް ހާޒިރުކޮށް ސަަސްޕެންޑްކޮށްފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.