ads
މާޒިޔާގެ ކޯޗު މިލޯ
އޮޑިޝާ މެޗު ފަސޭހައެއް ނުވާނެ: މާޒިޔާ ކޯޗު
އޭއެފްސީ ކަޕުގައި މާދަމާ، އިންޑިޔާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށް މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.
Advertisement

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާދަމާ މާޒިޔާއާ އޮޑިޝާ ކުޅޭ މެޗު އޮންނާނީ އިންޑިޔާގައެވެ. މި މެޗަށް ނުކުންނައިރު، މުބާރާތުގައި އޮޑިޝާ އެފްސީ އިން ކުޅުނު ދެ މެޗުން ވެސްވީ ބައްޔެވެ. އެއީ މޯހަން ބަގާން އަތުން އަދި ބަޝަންދުރާ ކިންގްސް އަތުންނެވެ.

މާޒިޔާގެ ކޯޗު މިލޯ ބުނީ އޮޑިޝާ ދެ މެޗުން ބަލިވެފައި އޮތް ކަމަށް ވިޔަސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި މެޗު ފަސޭހަ ނުކުރާނެ ކަމަށެވެ. މިލޯ ބުނީ ކޮންމެ މެޗަކީ ވެސް ޗެލެންޖެއް ކަމަށާއި އޮޑިޝާ އަކީ އިންޑިއާގެ ވަރުގަދަ ޓީމެއް ކަމަށެވެ.

މާދަމާގެ މެޗަށް ނުކުންނައިރު، މާޒިޔާ އޮތީ ދެވަނައިގައެވެ. ގްރޫޕް ޑީގެ އެއްވަނައިގަ އޮތީ މޯހަން ބަގާންއެވެ. އެއީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ ކިންގްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮޑިޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މާދަމާ ހަވީރު މާޒިޔާ އާއި އޮޑިޝާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް