ads
އޭސީސީގެ މެންބަރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެންނަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސް، ދައުލަތުގެ ލިޔެކިޔުންތައް ނައްތާލި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ދައުލަތުގެ ބައެއް އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުގެ ޝަކުވާ އޭސީސީ އަށް ލިބެމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭސީސީ އިން ބުނީ، އެ ފަދަ ކަންތައް އެ ކޮމިޝަނަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުގައިވާތީ އެކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާއެކު ވީޑިއޯ ޕޯސްޓު ކުރި ފަރާތުން ބުނެފައިވަނީ، ވީޑިއޯ އާންމު ކުރީ، ލިޔުންތައް ނައްތާލި ގޮތާއިމެދު ޝައްކު އުފެދި، އެކަމުގައި ގޯސްކަމެއް ހުރިކަން ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިކަމާ ގުޅިގެން އެފްއެސްއެމުން ބުނީ ނައްތާލައިފައިވާ ލިޔެކިޔުންތަކަކީ ވަރަށް ކުރީގެ އަދި މިހާރު ކުންފުޏަށް ބޭނުން ނުހިފޭ ލިޔެކިޔުންތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް