
އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ އިންޑިޔާގެ އޮޑިޝާ އެފްސީ އަންގާރަ ދުވަހު ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، މާޒިޔާއަކީ ވަރަށް މޮޅު ޓީމެއް ކަމަށް ސާޖިއޯ ލޮބެރާ ފާހަގަ ކުރިއެވެ.
މި ދެ ޓީމުގެ އޭއެފްސީ ކަޕުގައި އިންޑިޔާގައި މި ކުޅޭ މެޗަކީ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މާޒިޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، މާޒިޔާއަކީ ވަރަށް މޮޅު ޓީމެއް ކަމަށް އޮޑިޝާ އެފްސީގެ ކޯޗު ބުނެފައިވާއިރު،
މި މެޗު ފަސޭހަ ނުވާނެ ކަމަށް މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ވަނީ ބުނެފައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާއާ އޮޑިޝާ ކުޅޭ މެޗު އޮންނާނީ އިންޑިޔާގައެވެ. މި މެޗަށް ނުކުންނައިރު، މުބާރާތުގައި އޮޑިޝާ އެފްސީ އިން ކުޅުނު ދެ މެޗުން ވެސްވީ ބައްޔެވެ. އެއީ މޯހަން ބަގާން އަތުން އަދި ބަޝަންދުރާ ކިންގްސް އަތުންނެވެ.
މާޒިޔާގެ ކޯޗު މިލޯ ބުނީ އޮޑިޝާ ދެ މެޗުން ބަލިވެފައި އޮތް ކަމަށް ވިޔަސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި މެޗު ފަސޭހަ ނުކުރާނެ ކަމަށެވެ. މިލޯ ބުނީ ކޮންމެ މެޗަކީ ވެސް ޗެލެންޖެއް ކަމަށާއި އޮޑިޝާ އަކީ އިންޑިއާގެ ވަރުގަދަ ޓީމެއް ކަމަށެވެ.
އޮޑިޝާ އެފްސީއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ އޮތީ ދެވަނައިގައެވެ. ގްރޫޕް ޑީގެ އެއްވަނައިގަ އޮތީ މޯހަން ބަގާންއެވެ. އެއީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ ކިންގްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮޑިޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މާޒިޔާ އާއި އޮޑިޝާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގަ އެވެ.