ads
މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު ޑިޕްރެޝަންގެ ތުންފަތް މައްޗަށް
ފެބްރުއަރީ މަހު ޗައިނާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ އެތައް ބަޔަކު ބަލިވެ އެނދުމަތި ކުރެވެމުންދާ ވާހަކަ އަޑުއިވިގެން ދިޔަ އެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވައިރަހުގެ އަސަރު އަދި މާބޮޑަށް ފެންނަން ނެތުމުން މިއީ ކިހާވަރެއްގެ ބިރުވެރިކަމެއް ކަމަށް އޭރު އަންދާޒާ ކުރެވިފައެއް ނެތެވެ.
Advertisement

ޗައިނާގައި ވައިރަސް ހަލުވި ދުވެއްޔެއްގައި ފެތުރި އެތައް ހާސް ބައެއްގެ ކިބައިން ބަލި ފެންނަން ފެށުމުން އޭރު ގިނަ ގައުމުތަކުން ހީކޮށްގެންތިބީ މި ވައިރަހުގެ އަސަރު ތިމަންނަމެންގެ ގައުމާ ހިސާބަކަށް ނާންނާނެ ކަމަށެވެ.

ޗައިނާ އިން ބޭރުން ކޮރޯނާ ވައިރަހުގެ އަސަރު ފެނި، ޗައިނާގެ އަވަށްޓެރި ގައުމުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ. އޭޝިއާ ސަރައްހަދުގައި ބަލި ފެތުރެން ފެށިއިރު، މެދު އިރުމަތީގެ ގައުމުތަކުންވެސް ބަލި ފެންނަން ފަށައިފި އެވެ.

ޗައިނާ ނަގާފައި ދެން ބަލި އެންމެ ގިނަ އިން ފެނިގެންދާނީ ޖަޕާން އަދި ދެކުނު ކޮރިއާ ފަދަ ގައުމުތަކުން ކަމަށް ހީކޮށްގެން ތިއްބާ އިރާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަތް ނުފޯރާ ފަށަށް އަރަންފަށައިފި އެވެ. ތަހުޒީބުވެ ކުރިއަރާފައިވާ ވިލާތުގެ ގިނަ ގައުމުތަކުގެ މީހުން ހީކުރީ އެގައުމުތަކަށް މި ބަލިން އަރައިގަތުމަށް ފަސޭހަ ވާނެ ކަމަށެވެ. އެހެން ނަމަވެސް ކަންވީ އެހެން އެއް ނޫނެވެ.

މިހާރު ޗައިނާ ނަގާފައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީވިލާތާ އެމެރިކާއިންނެވެ.

ކޮވިޑް-19 ގެ ވާހަކަ ދެކެވެން ފެށިއިރު، މި ބަލީގެ ސަބަބުން ގައުމު ތަކުގެ އިގްތިސާދަށް މިހާ ބޮޑު އަސަރެއް ކުރާނެ ކަމަކަށް ވިސްނިފައެއް ނެތެވެ. ގައުމުތައް ލޮކްޑައުން އަށް ގޮސް ބޮޑެތި ވިޔަފާރިތައް ހުއްޓުމަކަށް އަންނާނެކަމަކަށް ހީކުރެވިފައެއް ނުވެ އެވެ.

އެހެންނަމަވެސް ދުނިޔޭގައި ހަލުވި ކަމާއެކު ބަލި ފެތުރެންފެށިތާ މަސް ދުވަސް ވެފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ތިން ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ.

ކުރިން ހީކުރެވިފައި ނެތަސް ބައްޔަށް ފަރުވާ ދިނުމައްޓަކައި ސަރުކާރުތަކުން ބޮޑު ހަރަދުތައް ކުރަން މިވަނީ ޖެހިފަ އެވެ. 

ދުނިޔޭގެ އިގްތިސާދީ ބޮޑު ގައުމުތައް ކަމަށްވާ ޗައިނާ، އެމެރިކާ، ދެކެނު ކޮރިއާ، އިޓަލީ، ސްޕެއިން، ފްރާންސް، ޖަރުމަން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ބަލި ފެތުރެން ފެށުމުން، އޭގެ އަސަރު އެ ގައުމުތަކުގެ އިގްތިސާދުގެ އިތުރުން، ދުނިޔޭގެ އެހެން ގައުމުތަކަށް ވަނީ ކޮށްފަ އެވެ.

ވިޔަފާރިތައް ހުއްޓި ސްޓޮކް މާކެޓްތަކަށް ލޮޅުންއަރައި، 2008 ވަނަ އަހަރުގެ ޑިޕްރެޝަންގައި ނެގި ފިޔަވަޅުތަކަށް ވުރެ މާ ބޮޑެތި ފިޔަވަޅުތައް ނަގަން ގައުމުތަކުގެ މަރުކަޒީ ބޭންކުތަކަށް ޖެހިގެންދިޔަ އެވެ. ލޯންތަކުގެ އިންޓެރެސްޓް ރޭޓުތަކާއި ގެރެންޓީތައް ކުޑަކޮށް ސަރުކާރުތަކުގެ ހަރަދު ކުޑަ ކުރުމުގެ މަސައްކަތްތައް ގައުމުތަކުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ހީވެސް ނުކުރާފަދަ ބޮޑު އަސަރެއް މިހާތަނަށް ގައުމުތަކުގެ އިގްތިސާދަށް ކޮށްފައިވާއިރު، މި އަސަރު އިތުރަށް ގޯސްވެ، ދުނިޔެގެ އިގްތިސާދު ޑިޕްރެޝަނަކަށް ވެއްޓުން އެކަޝީގެންވާކަމަށް މާހިރުން ލަފާކުރެ އެވެ.

ކޮވިޑް-19 އަށް އަދި ވެކްސިނެއް ތައްޔާރުކުރެވިފައި ނުވާއިރު، މި ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވޭނެ ކަމުގެ ހިލަމެއް އަދި ނުފެނެ އެވެ. ދުވަހެއް ދުވަހަކަށް ބަލި ފެންނަ ގައުމުތައް އިތުރުވެ، ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނަ އިރު، މިހާލަތުގައި ގައުމުތަކުގެ އިގްތިސާދަށް މާގިނަ ދުވަހު ކެތްކުރެވޭނެ ކަމަކަށް ކަމުގެ މާހިރުން ލަފާއެއްނުކުރެ އެވެ.

އިގްތިސާދުގެ މާހިރުން ދެކޭގޮތުގައި މިހާރުވެސް، ޑިޕްރެޝަނަކަށް ނުވެއްޓި އިގްތިސާދަށް އަންނަމުންދާ ލޮޅުންތައް ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް މަދުވެ، ޑިޕްރެޝަނަކުން ސަލާމަތްވުމުގެ އުންމީދެއް ނެތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް