
އިންޑިޔާގެ އޮޑިޝާ އެފްސީއާ މާޒިޔާ ކުޅޭ އޭއެފްސީ ކަޕް މެޗު އިންޑީޔާގައި މިއަދު ހަވީރު އޮންނާނެއެވެ. މިއީ މި ދެ ޓީމު އެއް ޓީމު އަނެއް ޓީމާ ކުޅޭ ފުރަތަމަ ފަހަރެވެ.
މިއަދުގެ މެޗާ ގުޅޭ ގޮތުން ޕްރީމެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކެޕްޓަން ސަމުއްޓޭ ބުނީ، އޮޑިޝާ އަކީ ވަރަށް އުނދަގޫ ޓީމެއްކަން އެނގޭ ކަމަށާޢި އެހެންނަމަވެސް މާޒިޔާއިން މަސައްކަތް ކުރާނީ މޮޅުވާން ކަމަށެވެ.
މި މެޗަށް ނުކުންނައިރު، މުބާރާތުގައި އޮޑިޝާ އެފްސީ އިން ކުޅުނު ދެ މެޗުން ވެސްވީ ބައްޔެވެ. އެއީ މޯހަން ބަގާން އަތުން އަދި ބަޝަންދުރާ ކިންގްސް އަތުންނެވެ. އޮޑިޝާ ދެ މެޗުން ބަލިވެފައި އޮތް ކަމަށް ވިޔަސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި މެޗު ފަސޭހަ ނުކުރާނެ ކަމަށް މާޒިޔާގެ ކޯޗު މިލޯވަނީ ބުނެފައެވެ.
މިއަދުގެ މެޗަށް ނުކުންނައިރު، މާޒިޔާ އޮތީ ދެވަނައިގައެވެ. ގްރޫޕް ޑީގެ އެއްވަނައިގަ އޮތީ މޯހަން ބަގާންއެވެ. އެއީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ ކިންގްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮޑިޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ހަވީރު މާޒިޔާ އާއި އޮޑިޝާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގަ އެވެ.