ads
ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ: ބަންދު ދުވަހު މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތް ވަނީ ހަދާފައި - ސަން ފޮޓޯ/މުހައްމަދު ހައްޔާން
ބަންދު ދުވަހު މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތް ހަދައިފި
ރަސްމީ ބަންދު ދުވަސްތަކުގައި ސިވިލް ސާވަންޓުން މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސްފިއެވެ.
Advertisement

މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރަށް ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެ ކަމަށެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މުވައްޒަފު އިދާރާއަށް ހާޒިރުވެ، ޑިއުޓީ އުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައި ހާޒިރީ އިނާޔަތް ލިބޭނެ ކަމަށެވެ.

އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ. ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވެގެންނާއި އޮންލައިންކޮށް މަސައްކަތްކޮށްގެން އެ އިނާޔަތް ލިބޭއިރު، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސްއެއް ނުދެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި މި އިސްލާހުގައި އޮފީހަށް ހާޒިރުވުން ކަމުގައި މާނަކޮށްފައި ވަނީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާއި މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުސޫލުން ސައިން-އިން ވެގެން ހާޒިރުވުމާއި މަސައްކަތުގެ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުގެ ދުވަސްތަކެވެ.

އޭގެ އިތުރުން މި އިސްލާހުގައި ބުނެފައިވަނީ އެއްވެސް މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދޭން ޖެހޭ ނަމަ، އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް