ads
މަކުނުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ
ފެނަކައާއި ގުޅޭ 75 މައްސަލައެއް، 20 މިލިއަން ރުފިޔާ ހޯދަން އަންގައިފި
ފެނަކަ ކޯޕަރޭޝަން އެކިއެކި ހިޔާނާތުގެ މައްސަލަތަކުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީން މިއަދު ވަނީ ފެނަކައާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ލިޔުމެއް އާންމުކޮށްފައެވެ.

އެކޮމިޝަނަނުން ތަހުގީގު ކުރަމުންދާ ފެނަކައިގެ 75 މައްސަލައާ ގުޅޭ ގޮތުން އެ ބަޔާނުގައި ބުނީ މިހާތަނަށް އޭގެ ތެރެއިން ބައެއް މައްސަލަތައް ތަހުގީގު ކުރުމަށް ފަހު އަނބުރާ ހޯދުމަށް އެންގި ފައިސާގެ އަދަދު 20.5 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް އޭގެން ލިބުނު ފައިސާގެ އަދަދެއް އެ ކޮމިޝަންގެ ބަޔާނަކުން ނޭނގެ އެވެ. 

އަދި، އެ ކުންފުންޏާ ގުޅޭ ތަފާތު އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހު ކުރަން ވެސް އެ ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އަންގައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އިސްލާހުކުރަން އެންގި ކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް ހަ ކަމެއް ހިމެނޭކަމަށް އޭސީސީން ވިދާޅުވިއެވެ.

މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑުވެފައި ވާއިރު، ހާއްސަކޮށް ފެނަކައިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 2.8 ބިލިއަނަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި، އެ ދަރަނި ދެއްކުމަށް ފަސޭހަކުރަން އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް މި ފަހުން ފެނަކައިން ނަގާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް