ads
މާޒިޔާ - އޮޑިޝާ މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: މާޒިޔާ ސައިޒަށް ކަނޑައިފި
އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާގެ އޮޑިޝާ އަތުން ރާއްޖޭގެ މާޒިޔާ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
Advertisement

އިންޑިޔާގެ ބުބަނޭޝްވަރުގައި އޮޑިޝާ އެފްސީގެ އަމިއްލަ ދަނޑުގައި މާޒިޔާ މިރޭ ބަލިވީ ހަ ލަނޑު އެއް ލަނޑުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އޮޑިޝާއިން ލަނޑެއް ޖަހައި ކުރި ހޯދި ނަމަވެސް މާޒިޔާއިން އިރުކޮޅަުން އެއްވަރު ކުރިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ ކޮޅަށް އިތުރު ދެ ލަނޑު ޖަހައި ހާފް ޓައިމަށް ދިޔައީ ތިނެއް އެކަކުން އޮޑިޝާ ކުރީގައި އޮވެގެންނެވެ. 

އަދި ދެވަނަ ހާފުގައި އިތުރު ތިން ލަނޑު ޖަހައި އޮޑިޝާއިން މެޗު ކާމިޔާބު ކުރީ ހަ ލަނޑު އެއް ލަނޑުންނެވެ. މުޅިން އަލަށް އޭއެފްސީ ކަޕުގައި ކުޅޭ އޮޑިޝާ، މި މުބާރާތުގައި މޮޅުވި މިއީ ފުރަތަމަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުންވެސް އޮޑިޝާވީ ބައްޔެވެ. 

އޮޑިޝާގައި ބޮޑު ތަފާތަކުން މާޒިޔާ މިރޭ ބަލިވިއިރު، ފުރަތަމަ މެޗުން މާޒިޔާ މޮޅުވެ، ދެވަނަ މެޗުން ވަނީ ބަލިވެފައެވެ. މާޒިޔާ މޮޅުވީ މާލޭގައި ބަޝަންދުރާ އަތުންނެވެ. އަދި ބަލިވީ މޯހަން ބަގާން އަތުންނާ، މިރޭ އޮޑިޝާ އަތުންނެވެ. މިރޭގެ މި ބައްޔަކީ ކުރިން އުއްމީދު ކުރި ވަރަށްވުރެ ބޮޑު ބައްޔެކެވެ. 

މި ގްރޫޕުގައި މިރޭ މޯހަން ބަގާންއާ ބަޝަންދުރާ ކިންގްސްވެސް ކުޅޭނެއެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް