ads
އެމެރިކާ ސިފައިން
ހަފްތާއެއް ތެރޭ 13 ފަހަރަށް އެމެރިކާގެ ބޭސްތަކަށް ހަމަލާދީފި
ހަފްތާއެއްގެ ތެރޭގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް 13 ފަހަރަށް ހަމަލާދީފަވާކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެފި އެވެ.

ޕެންޓަގަން ޕްރެސް ސެކްރެޓަރީ ޕަޓް ރައިޑާ ބުނީ އިރާގްގައި ހުންނަަ އެމެރިކާ އަދި ކޯލިޝަންގެ ސިފައިންގެ މަރުކަޒުތަކަށް އެކިފަހަރުމަތިން 10 ހަމަަލާ އަމާޒުވެފައިވާކަމަށެވެ. އަދި ސީރިއާގައި ހުންނަ މަރުކަޒުތަކަށް ތިން ފަހަރަކު ހަމަލާދީފައިވާކަމަށް އޭނާ ބުނެއެވެ.

ޕެންޓަގަން އިން ބުނީ މިހަމަލާތައް ދީފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ދޭތެރޭގެކަމަށެވެ.

ހަމަލާދީފައިވަނީ ރޮކެޓް އަދި ކަމިކޭޒް ޑްރޯން ބޭނުންކޮށްގެންނެވެ.

އެހަމަލާތަކުގައި އެމެރިކާގެ ސިފައިންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ރައީޑާ ދީފައިނުވާއިރު އޭނާ ބުނީ އެއީ އަދި "ފެށުން" ކަމަށެވެ.

ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާންގެ ރެވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ސަޕޯޓްކުރާ ޖަމާތްތައް ކަމަށް އޭނާ ބުނެފައިވެއެވެ.

އިޒްރޭލުން ގައްޒާއަށް ހަމަލާދޭން ފެށިފަހުން މެދުއިރުމަތީގައި ހުންނަ އެމެރިކާބޭސްތަކަށް ހަމަލާ ދިނުން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް