ގަސަމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލަމަކީ އޭނާ ކުރެއްވި ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކޮށްފައިވާކަމެއް ގޮތުގައި ވިސްނުވައިދިނުމަށް ބަޔަކު މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަކަމެވެ.
ނަމަވެސް އެންމެނަށް ދޭން އޮތް ޔަގީން ކަމަކީ އޭނާ އަދިވެސް ހުންނެވީ މަައިންބަފައިން ދެއްވި ރަނގަޅު ތަރުބިއްޔަތުމަތީގައި ކަމަށް ވިދާޅުވެފައިވެއެވެ.
ކުންފުނީގައި ކޮށްފައިވާ މަސައްކަތެއްކޮށްފައިވާނީ ކުންފުނި ކުރިއެރުވުމަށް ކަމަށާއި ނާޖާއިޒް މަންފާއެއް ލިބޭނެގޮތަކަށް އެއްވެސް ކަމެއްކޮށްފަނުވާނެކަމުގެ ޔަގީންކަން ގަސަމް ވަނީ ދެއްވާފައެވެ.