
މޯހަން ބަގާން - ބަޝަންދުރާ މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: މޯހަން ބަގާން - ބަޝަންދުރާ އެއްވަރު
ސްޕޯޓްސް ޓީމް
25 އޮކްޓޯބަރ 2023 - 00:10:43
އޭއެފްސީ ކަޕުގައި މޯހަން ބަގާންއާ ބަޝަންދުރާ ކިންގްސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.
ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ މޯހަން ބަގާންއާ، ބަޝަންދުރާ ކިންގްސް ކުޅުނު މެޗުން ދެ ޓީމު އެއްވަރުވީ އަންގާރަ ދުވަހުގެ ރޭ ދެ ލަނޑު ދެ ލަނޑުންނެވެ.
އިންޑިޔާގައި ކުޅުނު މި މެޗުން ދެ ޓީމު އެއްވަރުވީއިރު، މި ގްރޫޕުގައި މާޒިޔާއާ އޮޑިޝާ އެފްސީ ކުޅުނު މެޗުން 6-1 ގެ ބޮޑު ތަފާތަކުން މާޒިޔާވަނީ އަންގާރަ ދުވަހު ބަލިވެފައެވެ.
ގްރޫޕް ޑީގައި ކޮންމެ ޓީމަކުންވެސް މިހާރު ތިން މެޗު ކުޅެފައިވާއިރު، ހަތް ޕޮއިންޓާއެކު އެއްވަނައިގަ އޮތީ މޯހަން ބަގާންއެވެ. އެއީ ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެގެންނެވެ. ބަޝަންދުރާ ދެވަނައިގަ ހަތަރު ޕޮއިންޓާއެކު އޮތް އިރު ތިންވަނައިގަ އޮތީ އޮޑިޝާއެވެ. އަދި ފުލުގައި މާޒިޔާއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް