ads
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)--
ރާއްޖޭގައި ރިއަލްއެސްސްޓޭޓް ޤާނޫނެއް ނެތް: ބޮންޑޭ
ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ގާނޫނެއް ނެތި ޓޫރިޒަމް ރިއަލްއެސްޓޭޓް ފަށައިފިނަމަ މުޅި ނިޒާމު ބޮއްސުންލުން ގާތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް އެވެ.

މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެމުން ދަނިކޮށް ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ބިލެއް ފަރުމާ ކުރި ކަމަށާ ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް ހަބަރެއް ނެތް ކަމަށެވެ. އަދި މިހާރު މި ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އިތުރު ގޯސް ތަކެއް ވެގެން ދިއުމަށް ފުރުސަތު އޮތް ކަމަށް ބޮންޑޭ ވިދާޅުވި އެވެ. 

"މީގައި ހަގީގަތުގައި މި ބިލުން ރިއަލްއެސްޓޭޓް ވިޔަފާރިއެއް މި އަންނަނީ ޓޫރިޒަމަށް. ބަނގަލޯ އެޅުމައި ކޮންސްޓްރަކްޝަން މަސައްކަތްތަކެއް މި ފެށެނީ. މިފަދަ ގާނޫނެއް ހަދަން ދާއިރު ރިއަލް އެސްޓޭޓް ގާނޫނެއް ނެތުމަކީ މައްސަލައެއް،" ރިއަލް އެސްޓޭޓު ގާނޫނެއް ނެތި، ޓޫރިޒަމް އާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނެސްފިނަމަ ކަންކަން ބޮއްސުންލައިގެން ދާނެ ކަން ފާހަގަ ކުރައްވާ ބޮންޑޭ ވިދާޅުވި އެވެ.

ރާއްޖޭގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޤާނޫނެއް ހެދޭއިރު ރިއަލްއެސްޓޭޓް ޤާނޫނެއްވެސް ރާއްޖޭގައި އޮންނަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމަށް އިންވެސްޓުކުރާނެ ވަރަށް ގިނަ ފަރާތްތައް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވަމުން ބޮންޑެ ވިދާޅުވީ އެކަންކަން އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓޭނީ ރިއަލް ސްޓޭޓް ޤާނޫނެއް އެކުލަވައިގެން ކަމަށެވެ.

މި ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ، ރިސޯޓް ތަރައްގީ ކުރަން ދޭ ލުއިތައް ގެސްޓު ހައުސް ތަރައްގީ ކުރާ ފަރާތްތަކަށް ވެސް ދޭން ގޮވާލައްވައިފައެވެ.

އާމިރު ވިދާޅުވީ އެގޮތަށް އިންސެންޓިވްސް ދޭނަމަ ރާއްޖޭގެ އެތައް ރަށެއްގައި ގެސްޓު ހައުސްގެ ވިޔަފާރި ކުރިއަރަމުންދާނެ ކަމަށެވެ.

އާމިރު އިތުރަށް ވިދާޅުވީ ރާއްޖެއިން ބަރޯސާ ވާންވީ ހަމައެކަނި ފަތުރުވެރިކަމަށް އެކަނި ނޫން ކަމަށެވެ. އަދި އެގޮތަށް ބަރޯސާ ވެގެން ތިބުމުން ލިބިފައި ހުރި ގެއްލުންތައް ފެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އީސާ ހުށަހަޅުއްވާފައިވާ ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ.

ސަލީމް ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ގޮސްފައިވަނީ މާލޭއާ ކައިރި ސަރަހައްދުތަކުގައި ކަމަށެވެ. އަދި، ރިސޯޓުތައް ވެސް ތޮށްޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވަނީ ކީއްވެތޯ ބަލަން ޖެހޭކަން ފާހަގަކުރައްވައި ސަލީމް ވަނީ މާލެއާ ދުރު ސަރަހައްދުތަކުގައި ވެސް ފަތުރުވެރިކަން ފުޅާ ކުރަން މަގުފަހިކޮށްދޭން ޖެހޭކަން ފާހަގަކުރައްވައިފައެވެ.

ސަލީމް ހުށަހެޅުއްވީ، ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައި ހުރި އެންމެ އުތުރުގެ އަތޮޅުތަކާއި އެންމެ ދެކުނުގެ ހިސާބުތަކުން ޓެކްސް 10 އަހަރަށް ކަނޑައިލުމަށެވެ. އަދި، އެ މުއްދަތުގައި ފަތުރުވެރިކަމުގެ އެހެން ޓެކްސްތަކުން ވެސް އެ ސަރަހައްދުތަކުގެ ރިސޯޓުތަކަށް 50 އިންސައްތައިގެ ލުޔެއް ދޭން އޭނާ ހުށަހެޅުއްވިއެވެ.

"ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވީމާ މި ސަރަހައްދުތަކަށް ފަތުރުވެރިން ދާން އެބަ ފަސް ޖެހޭ،" ސަލީމް ވިދާޅުވިއެވެ.

މަޖިިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ރިސޯޓްތަކުން ކޮޓަރި ދިގު މުއްދަތަށް ނަގަނީ ނުވަތަ ގަންނަނީ ދުނިޔޭގައި ތިބި އެންމެ މުއްސަނދި މީހުން ކަަމަށެވެ. އެއީ ގިނަ އަދަދަކަށް ފައިސާ އެމީހުންގެ އަތުގައި ހުރި ބަޔަކަށް ވާއިރު ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސްގެ ނަމުގައި ނަގަން ހުށަހަޅާފައިވާ ހަތަރު ޕަސެންޓަކީ އެކަށީގެންވާ އަދަދެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ޗާޓަރު އުސޫލުން އެނދު ކުއްޔަށް ދޭއިރު ނަގައި ޖީއެސްޓީ ނިމުމަކަށް ގެނެސް، އޭގެ ބަދަލުގައި ފަތުރުވެރިކަމުގެ ރިއަލްއެސްޓޭޓު ޓެކުހެއް ތައާރަފުކުރާށެވެ.

މި އިސްލާހުގެ މަގުސަދަކީ ދިގު މުއްދަތަށް ކުއްޔަށް ދޭ ވިލާއިން ޖީއެސްޓީ ނުނަގާ ރިއަލް އެސްޓޭޓް ޓެކްސެއް ނެގޭނެ ނިޒާމެއް ގާއިމް ކުރުމެވެ.

މި އިސްލާހު ފާސްވެ ޓޫރިޒަމް ގާނޫނުގައި ހިމެނުމުން ވިލާ ގަންނަ ފަރާތްތަކުގެ އަތުން ޖީއެސްޓީ ނެގުމުގެ ބަދަލުގައި ވިއްކާ ވިލާގެ ޖުމްލަ އަތުން ނަގާނީ ހަތަރު ޕަސެންޓުގެ ޓެކުހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް