ads
ފުލުހުން ހޯދަން އިއުލާން ކުރި ދެ މީހުން
ފުލުހުން ހޯދަން އިއުލާންކުރި ދެ އަންހުންގެ ހަށިވިއްކައިގެން ޖަލަށް
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެގެން ފުލުހުން މިދިޔަ ހަފްތާގައި އިއުލާން ކުރި ދެ އަންހެނުންގެ މައްޗަށް ހަށި ވިއްކުމުގެ ކުށް ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ދެ މީހުންގެ ފޮޓޯއާ ވަނަވަރު ހާމަކޮށްފައިވާ ދެ މީހުންނަކީ ހިތަދޫ، ސްޕަންޖުގެ، މަރްޔަމް އަޝްފާ (29އ) އާއި ނ. ވެލިދޫ، ގުލިސްތާނުގެ، އާއިޝަތު ރިޒްނާ (39އ) އެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ހަށިވިއްކުމުގެ ކުށުގެ މި ދައުވާ ސާބިވެ ދެ މީހުން ޖަލަށްލާން ކްރިމިނިލް ކޯޓުންވަނީ ހުކުމްކޮށްފައެވެ. މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާނުލައި ކަމުން ޝަރީއަތުގެ ތަފްސީލެއް ނޭނގެއެވެ. 

ކްރިމިނަލް ކޯޓުން ބުނީ ދެ މީހުންވެސް ތުހުމަތުތަކަށް އިންކާރު ކުރިކަމަށެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ލިބިފައިވާތީ، ދެ މީހުންވެސް ކުށްވެރިއްޖެކަމަށް ކަނޑައަޅައި، ކޮންމެ މީހަކު 04 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލައި ނިޔާ ކަނޑައެޅީ – ގާޒީ އަލްއުސްތާޒު ހުސައިން ފާއިޒް ރަޝާދުއެވެ.

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް