ads
ދަ ގާޑްންސް: ޖާހުގެ ދަ ގާޑްންސްގެ ނުނިމިހުރި މަސައްކަތް އާބަންކޯގެ ފަރާތުން ވަނީ ކުރަން ފަށާފައި - ފޮޓޯ:އާބަންކޯ
ޖާހުގެ ދަ ގާޑްންސްގެ ނުނިމިހުރި މަސައްކަތް އާބަންކޯގެ ފަރާތުން ފަށައިފި
ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ޕްލޮޓް D2-1a ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސްގެ ނުނިމި ބާކީހުރި މަސައްކަތް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގެ ޕްލޮޓް D2-1a ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތްތައް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ޕްލާސްޓަރިން، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިން ކުރުމުގެ މަސައްކަތް ދަނީ ހިންގަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާބަންކޯއިން ބުނެފައިވަނީ ދަ ގާޑެންސްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އާބަންކޯއިން ބުނެފައިވާ ގޮތުގައި ޖާހުން ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ފްލެޓުތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެ ކޯޕަރޭޝަނުން ޖާހް އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމުގައެވެ.

your imageދަ ގާޑްންސް: ޖާހުގެ ދަ ގާޑްންސްގެ ނުނިމިހުރި މަސައްކަތް އާބަންކޯގެ ފަރާތުން ވަނީ ކުރަން ފަށާފައި - ފޮޓޯ:އާބަންކޯ

ދަ ގާޑަންސްގެ ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް އިންޑިޕެންޑެންޓް ކޮންސަލްޓަންޓެއް ހޯދުމަށް ނިންމައި އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އާބަންކޯއިން އޭރު ބުނެފައިވެއެވެ.

އާބަންކޯއިން ބުނީ އެ މަސައްކަތް ކުރަމުންދާއިރު، ދަ ގާޑަންސްގެ ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ބަދަލުދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް