
ފިލްމީތަރި ލަތީފް
ފިލްމީތަރި އަހުމަދު ލަތީފް މަޖިލީހަށް ކުރިމަތިލަނީ
އައިޝަތު ނޫރާ
26 އޮކްޓޯބަރ 2023 - 12:59:47
ފިލްމީތަރި އަހުމަދު ލަތީފް މަޖިލީހަށް ކުރިމަތިލާން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އޭނާ އަންނަނީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގަ ވާދަކުރަން ތައްޔާރުވަމުންނެވެ.
އޭނަ ވާދަކުރަން ނިންމާފައި ވަނީ މަޖިލީހަށް އަލަށް އިތުރުވި ދާއިރާތަކުުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ އުތުރު ދާއިރާގެ ގޮނޑިއަށެވެ.
ލަތީފް ފިލްމީ ދާއިރާއިން ނުފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ފިލްމީ ދާއިރާގެ ފަހުން އޭނާ ވަނީ ސިޔާސީ ދާއިރާއަށްވެސް ވަދެފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގަ ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގަ މަސައްކަތްވެސް ކުރިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް