ads
ބިގްބޮސްގެ ވަތަރް ސަންތޯޝް
ބިގްބޮސްގެ ވަތަރް ސަންތޯޝް ހައްޔަރުކޮށްފި
ރިއަލިޓީ ޝޯ 'ބިގް ބޮސް ކަންނަޑާ' 10 ގެ ކޮންޓެސްޓަންޓެއް ކަމަށްވާ ވަތަރް ސަންތޯޝް ހައްޔަރުކޮށްފިއެވެ.

އޭނަ ހައްޔަރުކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު މިނިކާވަގެއްގެ ނިޔަފަތި ކަރުގައި އެލުވައިގެން ބިގްބޮސްގެ ޝޯއެއްގަ އުޅުމުންނެވެ.  

ކަރްނާޓަކާގެ ފޮރެސްޓް ޑިޕާޓްމަންޓުން ބުނީ ސަންތޯޝްގެ އަތުގައި އޮތީ ހިމާޔަތްކޮށްފައިވާ ޖަނަވާރުގެ ބައެއް ކަމަށެވެ. ސަންތޯޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިގް ބޮސްގެ ގެއިންނެވެ. އެގޭގައި އޭނާ އަދިވެސް ހުރީ ވާދަވެރިއެއްގެ ގޮތުގައެވެ.

ސަންތޯޝް ހައްޔަރުކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ފޮރެސްޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ސަންތޯޝް އަތްދަބަސް އަތުލައިގެން އުޅޭތަނެވެ. ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ސަންތޯޝް ހައްޔަރުކުރުމާ ގުޅިގެން ގަހަނާގައި ޖަނަވާރުގެ ބައިތައް ބޭނުންކުރުމާ ގުޅޭ ގޮތުން ވަނީ ބަހުސްތަކެއް ފަށައިފައެވެ. ޖަނަވާރުގެ ބައިތައް އެޅުމަކީ ގޯހެއް ކަމަށް ބައެއް މީހުން ގަބޫލުކުރާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ އަމިއްލަ އިހްތިޔާރުގެއޮތްކަމެކެވެ. 

ހިމާޔަތްކޮށްފައިވާ ޖަނަވާރުގެ ބައިތަކެއް ގެންގުޅޭ މީހަކު ފެނިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރްނާޓަކާ ފޮރެސްޓް ޑިޕާޓްމަންޓުން ވެސް ވަނީ މި މައްސަލަ ފެންމަތިވުމުން ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް