ads
: ފޮޓޯ ފުލުހުން
މީހަކު ރަހީނުކުރި ފިރިހެނަކު ހައްޔަރުކޮށްފި
މީހަކު ރަހީނު ކުރިކަމުގެ ތުހުމަތުގަ 37 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާ 15 ދުވަހު ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.  

ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ހެކިތަކެއް ވެސް ހުށަހަޅާފައެވެ.  އަނިޔާ ލިބުނު މީހާ އާއި ހާދިސާ ހިނގިތަނުން ނަގައިފައިވާ ފޮޓޯތަކުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށް ކޯޓުގެ އަމުރުގަ ބުނެފައިވެއެވެ. 

އޭނާ މި އަމަރު ހިންގީ އިތުރުބަޔަކާ ބައިވެރިވެގެންނެވެ.

އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އަނިޔާ ލިބުނު މީހާއާމެދު ހިންގާފައިވާ ކަމަށް ބެލެވޭތީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

މީގެ އިތުރުން އޭނާއަކީ ގަވައިދާ ހިލާފަށް އުޅޭ މީހެއް ކަމަށާ، ފިލައިގެން ދިއުމުގެ އިހްތިމާލުވެސް އޮތް ކަމަށް ފެންނަ ކަމަށް އަމުރުގައިބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް