
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ދިވެހީރާއްޖޭގެ ޢިލްމީ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރިންނާއި އުސްތާޛުންނާ ބައްދަލުކުރެއްވުން- ފޮޓޯ: ޕީޕީއެމް
ޕްރޮގްރެސިވް ކޯލިޝަނުން 20 ޕަސަންޓު އަންހެނުން މަޖިލީހަށް ނެރެން މުއިއްޒު އެދިވަޑައިގެންފި
ގުފްތަގް އަޖީރު
29 އޮކްޓޯބަރ 2023 - 10:53:12
ޕްރޮގްރެސިވް ކޯލިޝަނުން މަޖިލީހަށް މަދުވެގެން 20 ޕަސަންޓު އަންހެނުން ނެރެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ޑރ. މުއިއްޒު މިއަދު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.
"މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލަން. އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމް އަދި ޕީއެންސީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުކުތުމަށް ނިންމާފައިވަނީ އެއްކޮށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ހޯދުމަކީ މުހިންމުކަމެއްކަމަށް ޑރ. މުއިއްޒުވަނީ އެމަނިކުފަނުގެ ކެމްޕޭނު ޓީމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ ރިޔާސީ އިންތިހާބުން ބަލިވި އެމްޑީޕީ އަތުގައެވެ. އެ ޕާޓީއަށް މަޖިލީހުގެ 60 ޕަސަންޓަށްވުރެ ބޮޑު މެޖޯރިޓީއެއް އޮވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް