
ރެބެކާ އޮބޯން އެމީހުން މަރާފައި ވަނީ އެ ފިރިހެނުންނަށް ވަރުގަދަ ސިންތެޓިކް އޮޕިއޯއިޑް އެއް ކަމަށްވާ 'ފެންޓަނައިލް' މަސްތުވާތަކެތި ދީގެންކަމަށް އޮހައިއޯ ފުލުހުން ބުނެއެވެ. އެމީހުން މެރުމަށްފަހު އެނާ ވަނީ އެމީހުން އަތުން ފޭރިފައެވެ.
ރެބެކާ އޮބޯން އަކީ ކުރިން ޖިނާއީ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫނެވެ. އޭނާއަކީ ދަރިއެއްވެސް ހުންނަ މީހެކެވެ.
މި އަންހެން މީހާގެ ޝިކާރައަކަށް ވެފައިވާ މީހުން މިއަށްވުރެ ވެސް އިތުރުވެދާނެކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ އިތުރު މީހުން މަރާފައިވޭތޯ ބެލުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
އޭނާ ހަތަރު މީހަކު މަރައިވާކަމުގެ ހެކި ފުލުހުން ހޯފައިވާއިރު، ފަސް ވަނަ މީހަކު އޯވަޑޯޒްކޮށްލަން އުޅެނިކޮށް ސަލާމަތްވެފައިވާކަމަށް އޮހައިއޯ ފުލުހުން ބުނެއެވެ.
ޑިޓެކްޓިވުން އަންނަނީ މިފަދަ އޯވަޑޯޒް ވެގެން މަރުވި މީހުންގެ ރެކޯޑްތައް ބަލަމުންނެވެ. މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނައިރު، ހަފްތާތަކުގެ ތެރޭގައި އިތުރު މައުލޫމާތު ފުލުހުން ހާމަކުރާނެއެވެ.