މިމީހާ ހައްޔަރުކުރީ އިންޑިއާގެ ނޯޑިއާ ފުލުހުންނެވެ. އުމުރުން 23 އަހަރުގެ ސުމިތް ސިންހް ކިޔާ މި ޑެލިވަރީ ބޯއީ ފިލަން ދުވަނިކޮށް އޭނާ އަތުލުމަށް މަސައްކަތް ކުރި ފުލުހެއްގެ ފިސްތޯލުވެސް އޭނާ ވަނީ އަތުލާފައެވެ.
ސުމިތް ފަހުން އަތުލާފައިވަނީ އޭނާގެ ފަޔަށް ބަޑިޖަހައި ވައްޓާލައިގެންނެވެ.
ރޭޕް ކުރި އަންހެން މީހާ ދިރިއުޅެނީ ގްރޭޓާ ނޯޑިއާގެ ހައިރައިޒް އެޕާޓްމަންޓެއްގައެވެ.
އޭނާ އެޕާޓުމަންޓަށް ވަދެފައިވަނީ ދޮރެއް ހަލާކުކޮށްލައިގެންނެވެ.
ސުމިތް ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. އެނާއާ ދެކޮޅަށް ހެކި ފުލުހުން ވަނީ ހޯދާފައެވެ.