
ގޯވިންދާ އަދި އަބީޝެކް
ގޯވިންދާ އާއި އަބިޝެކް 7 އަހަރުގެ އަރާރުމަށް ނިމުމެއް
އައިޝަތު ނޫރާ
31 އޮކްޓޯބަރ 2023 - 09:08:32
ކޮމެޑީ އެކްޓަރު ކްރޫޝްނާ އަބިޝެކް އާއި އޭނާގެ ބޮޑު ބޭބެ ގޯވިންދާއާ ދެމެދު ވޭތުވެދިޔަ 7 އަހަރު ވަނީ ދެބަސްވުމެއް އުފެދިފަ އެވެ. ނަމަވެސް ކްރޫޝްނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓުން އެ ދެމީހުން މައްސަލަ ހައްލުވެފައިވާކަން ވަނީ ހާމަވެފައެވެ.
އެ ޕޯސްޓުގައި ކްރޫޝްނާ ވަނީ ގޯވިންދާގެ މަޝްހޫރު ލަވަ "ބަޅޭ މިޔާން ޗޯޓޭ މިޔާ" ގައި ގޯވިންދާއާ އެކު ނަށާ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އޭނާ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ " މި އަށް ވުރެއް ރަގަޅު ވީޑިއޯއެއް މި ލަވައަށް ނޯންނާނެ. ބޮޑު ބޭބެ އަކީ އަބަދުވެސް މިސާލެއް."
އެ ޕޯސްޓަށް ސަޕޯޓަރުން އަވަސް އަވަހަށް ކޮމެންޓް ކުރިއިރު، ދެ ތަރިންގެ މެދުގައި ސުލްހަވެރިކަން އުފެދިދާނެތީ އުފާ ފާޅުކުރި އެވެ. ގިނަ ސަޕޯޓަރުން ލިޔެފައިވަނީ ވަރަށް އަވަހަށް އަނެއްކާވެސް ގޯވިންދާ އާއި ކްރޫޝްނާ އެކުގައި ސްކްރީނުން ފެނުމުގެ އުއްމީދު ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް