ads
އަސްލަމް މީގެކުރިން މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާު ދެއްވަނީ
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް ހުރަސްއެޅުމުގެ ރޫހެއް ނެތް: އަސްލަމް
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް ހުރަސްއެޅުމުގެ ރޫހެއް ނެތްކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު ޕީޖީ ގުރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ. 

ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެނީސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނެގެންދެވޭނެކެމަށް އެމްޑީޕީން ބުނަމުން އަންނާތީ އެކަމާ މިއަދު އަސްލަމްއާ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ އެ ޖަލްސާއަކީ މަޖިލީގެ ތަޅުމުގައިވެސް އޮންނަ ޖަލްސާއެއް ނޫންކަމަށެވެ. 

"ޕާލިމެންޓަރީ ގުރޫޕުގެ ރޫހެއް ނެތް އެފަދަ ޖަލްސާއަކަށް ހުރަސް އެޅުމަށް ނޫނީ ހުއްޓުވުމަށް،" އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް މިހެން މިއަދު ވިދާޅުވި ނަމަވެސް، އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރިން ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލައިގެ ގަރާރު ކުރިއަށް ނުގެންގޮސް ޑރ. މުއިއްޒު ކުރައްވާ ހުވާވެސް ގަބޫލު ނުކުރައްވާނެކަމަށެވެ. 

މަޖިލީހުގެ ޖަލްސާ މިއަދު ހުއްޓާލަން ޖެހުނީ، އެމްޑީޕީން އިހުތިޖާޖުކޮށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް އަށް ހުރަސްއެޅުމުންނެވެ. އެމްޑީޕީން ބޭނުންވީ މިއަދުވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދާށެވެ. 

އެމްޑީޕީން ވަނީ މިމަސަލަ ސުޕްރީމް ކޯޓަށްވެސް އާދިއްތަ ދުވަހު ހުށަހަޅާފައެެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް