ads
ފޮޓޯ އެމްޕީއެލް
އެމްޕީއެލް އިން ގަޒާއަށް ބައި މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި
ގައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން 565،000 ރުފިޔާ ގައްޒާއަށް ހަދިޔާކޮށްފިއެވެ.

ފައިސާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ހިންގަމުންދާ 2 ފަންޑަކަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ. 

އެމްޕީއެލުން ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށެވެ.

"މިފައިސާއަކީ އެމްޕީއެލާއި، މުއައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ،" -އެމްޕީއެލް-



މީގެ އިޔުރުން އެމްޕީއެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ. 

އިޒްރޭލުން މި ނިމޭ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގައްޒާއަށް ދެމުން އަންނަ ވަރުދަގަ އުދުވާނީ ހަމަލާތަކުގައި 8000 އަށްވުރެ ގިނަ މީހުން ވަނީ ގައްޒާއިން މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް