ads
ބަދިގެ
ވިޔަފާރިއަށް ކާބޯތަކެތި އުފައްދާނަމަ ކޯހެއް ހަދަންޖެހޭގޮތަށް ކަނޑައަޅައިފި
ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި އުފައްދާނަމަ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ކޯހެއް ހެދުމަށް ލާޒިމުކުރަން ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެފްޑީއޭ) އިން ނިންމައިފިއެވެ.
Advertisement

މުއްދަތު ހަމަވާ ތާރީހު 24 ގަޑިއިރަށްވުރެ އިތުރަށް ހުންނަ ކާބޯތަކެތި ތައްޔާރުކުރެވޭނީ ބޭސިކް ފުޑް ސޭފްޓީ ނުވަތަ އެ އެޖެންސީން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމާފައިވާ މީހުންނަށް އެފްޑީއޭއިން ބުނެއެވެ. 

އެ އިދާރާއިން މިއަދު ވަމީ "އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" ވެސް އާންމުކޮށްފައެވެ. 

އެ މިންގަނޑުގައި ކާބޯތަކެތި ތައްޔާރުކުރާ ބަދިގެ ހުންނަންޖެހޭ ގޮތާއި ހިފާ ގެންގުޅޭ ސާމާނާއި އާލަތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އަދި ކާބޯތަކެތި ތައްޔާރުކުރާ މީހުންގެ އާއްމު ސާފުތާހިރުކަން ބަހައްޓަންވީ ފަދަ ގޮތްތައް ވަނީ ކިޔައިދީފައެވެ. 

ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލްކުރުމަކީ އާއްމު ޝަރުތުގެ ބައެއްގެ ގޮތުގައިވެސް ވަނީ ހިމަނާފައެވެ. 

އަތްދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކެވޭނެ އިންތިޒާމު ވެސް ބަދިގޭގައި ހުންނަންޖެހެއެވެ. އާމްދަނީ ހޯދުމަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ތެލި ތަށި ފަދަ ތަކެތި ހާއްސަކުރުން ވެސް ޖެހެއެވެ. 

ރޯނުފިލުވައި ހުންނަ ކާބޯތަކެއްޗާއި އެނޫން ކާބޯތަކެއްޗަށް ވަކި ހާއްސަ ތަށި ސަމުސާ ފަދަ ތަކެތި ބޭނުންކުރުންޖެހެއެވެ. އެ ކަންކަމަށް ވަކި ތަށި ސަމުސާ ނެތް ނަމަ ރޯނުފިލުވައި ހުންނަ ކާބޯތަކެއްޗަށް ބޭނުންކުރި ތަކެތި ރަނގަޅަށް ދޮވެ ޑިސްއިންފެކްޓު ކުރުމަށްފަހު ބޭނުންކުރަންޖެހެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް