ads
އާސަންދަ އޮފީސް: އާސަންދައަށް ބަޖެޓުގައި ހަރަދު ކުރުމަށް ކަނޑައެޅި އަދަދަށް ވުރެ ދެ ގުނަ އިތުރަށް ވަނީ ހޭދަކޮށްފައި
ބަޖެޓުކުރި ވަރަށް ވުރެ ދެ ގުނަ އިތުރަށް އާސަންދައަށް ހަރަދުކޮށްފި
އާސަންދައަށް ބަޖެޓުގައި ހަރަދު ކުރުމަށް ކަނޑައެޅި އަދަދަށް ވުރެ ދެ ގުނަ އިތުރަށް ހޭދަކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ބަޖެޓު ފޮތުގައިވާ ގޮތުން އާސަންދައަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެ އަދަދަކީ ބަޖެޓުކޮށްފައިވާ އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާސަންދައަށް ކުރާ ހޭދަ ބޮޑުވުމާ އެކު، ސަޕްލިމެންޓްރީ ބަޖެޓުން 1.2 ބިލިއަން ރުފިޔާ އެ ސްކީމަށް ހާއްސަކޮށްފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.9 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ކަނޑައަޅާފަ އެވެ. އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އެޅުމަށް ބަޖެޓުގައި ކަނޑައަޅާފައިވާއިރު، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ފިޔަވަޅުތައް ނާޅައިފި ނަމަ އާސަންދައަށް ކުރާ ހޭދަ 3.4 ބިލިއަން ރުފިޔާއަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނިމިދިޔަ ފަސް އަހަރު އާސަންދައަށް 7.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެ ފަސް އަހަރުވެސް އާސަންދައަށް ކުރި ހޭދަ ކަނޑައެޅި ބަޖެޓަށް ވުރެ 20 އިންސައްތައަށް ވުރެ އިތުރުވެފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ އަހަރެވެ.

ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ބާޒާރުގައި އެ ބޭސްތައް ވިއްކާ އަގަށްވުރެ 15-75 ގުނަ ބޮޑުކޮށް ކަމަށްވާއިރު، އާސަންދައިން އެވްރެޖްކޮށް ބޭހަށް ކުރާ ހޭދަ 500 މިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންކަމުން އާސަންދައަށް ކުރާ ހޭދަ ކުޑަކުރަން ބޭހުގެ އަގުތައް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް