ads
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ
ޗެލްސީގެ ސަޕޯޓަރުން ހަމަ ޖެހިބަލަ، މިއީ އަދި ކަމެއް ނޫނޭ
މި ސީޒަނުގެ ފެށުން އަދި ދަށްކޮށް ދިޔަނަމަވެސް، ޕްރޮސެސް "ގަބޫލު" ކޮށް ޓީމާއެކު ތިބުމަށް ޗެލްސީގެ ކޯޗު، އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯ ގޮވާލައިފިއެވެ.

މި ސީޒަންގައި ޗެލްސީ، ހުރިހާ މުބާރާތަކުން ފުރަތަމަ ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަސް މެޗުންނެވެ. ހޮނިހިރު ދުވަހު ލީގުގައި ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވުމުން ޗެލްސީ މި ވަގުތު ޓޭބަލްގެ 11 ވަނައިގަ އޮތްއިރު، ކަރަބާއޯ ކަޕްގެ ހަތަރުވަނަ ބުރުގައި މިރޭ ބްލެކްބަރންއާ ދެކޮޅަށް ޗެލްސީ ނުކުންނާނެއެވެ.

"ސަޕޯޓަރުން އަހަރެމެންނާއެކު ތިބެން ޖެހޭ. އަހަންނަށް އެނގޭ ތިމާގެ އިހުސާސްތައް ހިފެހެއްޓުމަކީ އުނދަގޫ ކަމެއްކަން. ސަޕޯޓަރުން ބޭނުންވަނީ މޮޅުވާން ކަންވެސް އެނގޭ. އަހަރެން އެދެނީ އަހަރުމެންނަށް އިތުބާރުކޮށް، މި ޕްރޮސެސް ގަބޫލު ކުރުން". ޕޮޗެޓިނޯ

ޕޮޗެޓީނޯއަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، ޗެލްސީ އަށް ކޯޗުކޮށްދޭ ތިން ވަނަ ކޯޗެވެ. ޗެލްސީއާ ހަވާލުވުމުގެ ކުރިން ޕޮޗެޓީނޯ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައެވެ. ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރިއިރު، އޭނާ ޕީއެސްޖީ އަށް ފްރެންޗް ލީގާއި ފްރެންޗް ކަޕް ހޯދައިދީފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް