ads
ޗީފް އިންސްޕެކްޓްރ މުހައްމަދު ޒިޔާދު
ފުލުހުންގެ އިސް އޮފިސަރެއް ކުއްލިއަކަށް ނިޔާވެއްޖެ
ފުލުހުންގެ ޗީފް އިންސްޕެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ނިޔާވެއްޖެއެވެ.

މުހައްމަދު ޒިޔާދު ނިޔާވީ އުމުރުން 44 އަހަރުގައެވެ. އޭނާ ނިޔާވީ ގޭގެ ފާހާނާގައި ހުއްޓައި ކުއްލިއަކަށް ވެއްޓިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދަނިކޮށެވެ. ނިޔާވިއިރު އޭނާ ހުރީ ކޮމާންޑު ސެންޓަރުގައި ޑިއުޓީ އޮފިސަރުގެ މަސައްކަތުގައެވެ. 

ޒިޔާދު ފުލުހުންގެ އިދާރާގއި ހިދުމަތް ކުރައްވާތާ އަންނަމަހު 22 27 އަހަރު ފުރޭނެއެވެ. އޭނާ މަސައްކަތް ކުރައްވާފައިވާ ޑިޕާޓްމެންޓްތަކުގައި ތެރޭގައި މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުވެސް ހިމެނެއެވެ.

ޒިޔާދުގެ ކަށު ނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް