ads
މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ - ފޮޓޯ:ޕީއެންސީ
މެނިފެސްޓޯ ތަންފީޒުކުރަން ގާނޫނު އަސާސީ އިސްލާކުރަންޖެހޭނަމަ ކުރާނެ
މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން ގާނޫނު އަސާސީ އިސްލާކުރަންޖެހޭނަމަ އެކަން ކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނުގެ މަގާމާއި ހަވާލުވެޑައިގަތުމަށްފަހު ނޫސްވެރިންނަށް ފުރަތަމަ ފަހަރަށް މައުލޫމާތު ދެއްވަމުން ހިނާ ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ވާހަކައެއް އަދި ނުދެކެވޭކަމަށެވެ. އެހެންނަމަވެސް ގާނޫނު އަސާސީގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށްވާނަމަ ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައި ކުރާނެކަމަށެވެ. 

"އެ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އަދި ހަމަ އެހެންމެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި އެ ކުރަންޖެހޭ އިސްލާހުތަކެއް އެ ގެންނަންޖެހޭ އިސްލާހުތަކެއް ގެނައުމަކީ ހަމަ މަޝްވަރާގެ މަތިން ކުރިޔަށް ދާނެކަމެއް." ރައީސް އޮފީހުގެ އައު ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.

މަޖީލީހުގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ތަރުޖަމާނު ހީނާ ވިދާޅުވިއެވެ. ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް 200 ވުރެ ގިނަ ގާނޫނު ވުޖޫދަށް އަންނަންޖެހޭކަން ހީނާ ވިދާޅުވިއެވެ. އެގޮތުން މަޖިލިސް ފެށުމާއި އެކު މަޖިލިހަށް ހުށައަޅަންޖެހޭ ވަރަށް މުހިއްމު ގާނޫނުތަކެއް ހުރިކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އޭގެތެރޭގައި ހަފްތާ 14 ގެ ތެރޭގައި ހުށައެޅިފަައި ހުރި މުހިއްމު ގާނޫނުތަކެއް އެބަހުރިކަމަށާއި އެންމެ އިސްކަންދޭނީ އެ ގާނޫނުތަކަށްކަމަށެވެ. 

ހާއްސަ ގާނޫނުތަކުގައި ގޮތުގައި ހީނާ ފާހަގަކުރެއްވި ގާނޫނުތައް 

  • ބޯހިޔާވަހިކަމާއި ގުޅޭ ގާނޫނުތައް
  • ޖިނާއީ އަދުލުގެ ގާނޫނުތައް 
  • އިޖްތިމާއި ރައްކާތެރިކަމާއި ގުޅުންހުރި ގާނޫނުތައް 
  • ދައުލަތުގެ ހިންގުމުގެ ނިޒާމާއި ގުޅުން ހުރި ގާނޫނުތައް

ހީނާ ވިދާޅުވީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ހަދަން ޖެހޭ ގާނޫނުތައް އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް